







އެމްޓީސީސީ ބަސް- ފޮޓޯ: އެމްޓީސީސީ
މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ވެސްޓް ޕާކް ސަރަހައްދު ހޯމަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާތީ އެ ސަރަހައްދު ބަސް ސްޓޮޕަށް ބަސް ހުއްޓުން މަޑު ޖައްސާލާފާއިވާކަމަށް މޯލްޑިވްސް ޑްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީ އިން ބުނީ ރެއިން ފެށިގެން ވެސްޓް ޕާކާ ދިމާއަށް އޮންނަ ހަވީރީ ހިނގުން މަގު ބަންދުކުރުމާއި ގުޅިގެން އޯކިޑް ރޫޓް އަދި އޮރެންޖް ހިޔާ ރޫޓް ގެ ބަސްތައް ވެސްޓް ޕާކް ރޫޓަށް މަޑުނުކުރާނެ ކަމަށެވެ.
މި ބަދަލާއެކު، ދެން އެ ދެ ރޫޓުގެ ދަތުރުތައް ފަށާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕުންކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މަޖީދީ މަގުން އާންމު އުސޫލުން ދަތުރުކުރުމަށް ފަހު ހެންވޭރުން އެނބުރި މާފަންނަށް ދަތުރުކުރާ ބަސްތައް ދަތުރުކުރާނީ ކަނބާ އައިސާ ރަނި ހިނގުމުން ގޮސް، ސޯޝަލް ސެންޓަރު ބަސް ސްޓޮޕަށް މަޑުކުރުމަށް ފަހު ސަބުދެލި މަގުން މަޖީދީ މަގަށް ނިކުމެ އާންމު ރޫޓުން ކަމަށް އެމްޓީސީސީން ބުންޏެވެެ.
އެމްޓީސީސީން ވަނީ މި ބަލާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފަ އެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާނަމަ އެމްޓީސީސީގެ ހޮޓްލައިން ނަމްބަރު 1650 އަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެމްޓީސީސީން ވަނީ އެދިފަ އެވެ.







