






އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވުން- ފޮޓޯ: ރައީސް އޮފީސް
އދ. ގެ އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް ބައިވެރިވަޑައިގެންފި އެވެ.
ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގެ ޖެނެރަލް އެސެމްބްލީ ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއިރު، ނައިބު ރައީސް ވަނީ ރާއްޖެ ތަމްސީލްކުރައްވާފަ އެވެ.
ނައިބު ރައީސް ވަނީ އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތުގެ އިތުރުން ހަވާސާގައި ބާއްވާ ހަފްލާތުގައިވެސް ބައިވެރިވަޑައިގަންނަވާފަ އެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވެވުމުގެ އިތުރުން، ދޭދޭ ޤައުމުތަކުގެ އިސްވެރިންނާއެކު، ގިނަ ޤައުމުތައް ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފަ އެވެ.މީގެއިތުރުން އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި އެމަނިކުފާނު ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރާއި ވެސް ބައްދަލުކުރައްވާފަ އެވެ.





.jpg?w=3840&q=75)
