
ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ޔަހޫދީ އިޒްރޭލުން މިއަދު ދިން ހަމަލާ އިރާނުން ކުށްވެރިކޮށްފި އެވެ.

އިރާނު ސަރުކާރުން ޔަހޫދީން ބެއިރޫތުގެ ދެކުނުގެ އަވަށަކަށް ދިން ހަމަލާ ސިފަކުރީ ވަރަށް "ނުބައި" ހަމަލާއެއްގެ ގޮތުގައި އެވެ.
އިރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިޒްރޭލުގެ ހަމަލާއަކުން "ނިކަމެތިވަމުން އަންނަ ފަލަސްޠީނަށް ތާއީދުކޮށް، އިސްރާއީލުގެ ނަސްލީ ތަފާތުކުރުމުގެ ވެރިކަމުގެ ޙަމަލާތަކާ ދެކޮޅަށް ތެދުވުމުގެ ލުބުނާނުން ދައްކަމުންދާ ހިތްވަރަށް އަސަރު ނުކުރާނެ" ކަމަށެވެ.
ހިޒްބުالله އަކީ އީރާނާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ހިޒްބުالله ޖަމާްއަތަށް ވާގިވެރިވަނީ އިރާނު ސަރުކާރުންނެވެ.
ޔަހޫދީން ބެއިރޫތުގެ ދެކުނުގެ ސަރަހައްދަށް މިއަދު ހަމަލާދިނީ ހިޒްބުاللهގެ އިސް އެޑްވައިޒަރު ފުއާދު ޝުކުރު އަވަހާރަކޮށްލަންށެވެ. ނަމަވެސް މި ހަމަލާއިން ފުއާދު ސަލާމަތްވެފައިވާކަން ހިޒްބުالله ގެ އިސް އޮފިޝަލަކު މިހާރު ވަނީ ރޮއެޓާސްއަށް ކަށަވަރުކޮށްދީފައި އެވެ.
ޔަހޫދީން ބުނާގޮތުގައި ފުއާދު ޝުކުރު އަކީ ދާދި ފަހުން ޔަހޫދީން ހިފާފައިވާ ގޮލަން ހައިޓްސް އަށް ހަމަލާދިނުމުގެ ފަހަތުގައި ހުރި ހިޒްބުالله ގެ ކޮމާންޑަރެވެ. ނަމަވެސް ހިޒްބުالله އިން އަންނަނީ ގޮލަން ހައިޓްސްއަށް ހަމަލާނުދޭކަން ތަކުރާކުކޮށް ބުނަމުންނެވެ.
ގުޅުންހުރި

އިރާނުގެ ހަމަލާއާއި އެކު ބަހްރައިންއާއި ކުވެއިތުގައިވެސް އެއާ ސައިރެންގެ އަޑު!

އިރާނުން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީމަރުކަޒަށް ހަމަލާދޭން ފެށުމާއިއެކު ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

އިރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ފަށައިފި: ފުރަތަމަ ހަމަލާގައި ގަތަރާއި އިރާގުގައި ހުރި މަރުކަޒުތަކަށް!
