
އޮސްޓްރޭލިއާގެ ސިޑްނީގައި މި އޮކްޓޫބަރު މަހުގެ 1 އިން 3 އަށް ބޭއްވި "ކާޓަހީނާ ޑައިލޮގް" ގެ ހެޑްސް އޮފް ޑެލިގޭޝަން ރިޓްރީޓްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި މަތީ ފަންތީގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ އަދި ސީނިއަރ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރ ޢާއިޝަތު ރީޝާ ސުހައިލްއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ކުރިއަށް އޮތް ޕްރީ-ކޮޕް31 އަދި ކޮޕް31 އަށް ވާންޖެހޭ ތައްޔާރީތަކާއި، މި ސަމިޓްތަކުގައި އިސްކަންދޭނެ މުހިންމު ކަންތައްތަކާ ގުޅޭގޮތުންނެވެ.
ކާޓަހީނާ ޑައިލޮގަކީ ބައިނަލްއަޤްވާމީ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކުގައި، އެދެވޭ އަދި ހަރުދަނާ ނަތީޖާތަކެއް ހާސިލުކުރުމަށްޓަކައި އެއްބާރުލުން ދީގެން މަސައްކަތްކުރާ ޤައުމުތަކުގެ މެދުގައި ބޭއްވޭ ކުރިއަރާފައިވާ މުހިންމު ބައްދަލުވުމެކެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)





