logoEN
cocacola
ހުވަދޫ އަތޮޅާއި އިތުރު 12 އަތޮޅަކަށް ސަމާލު ނެރެފި

ހުވަދޫ އަތޮޅާއި އިތުރު 12 އަތޮޅަކަށް ސަމާލު ނެރެފި

އަޙްމަދު ޖަމީލު

logo

11/15/2020, 10:05:30 AM

# މޫސުން

Moosun

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުވަދޫ އަތޮޅު ހިމެނޭހެން ޖުމްލަ 13 އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.

ގޮސިޔާ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ޅ.އަތޮޅާއި ހަމައަށް އަދި ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު ފަހު 15:00 އާއި ހަމައަށެވެ.

އެ އިދާރާއިން ލަފާކުރާ ގޮތުގައި އެ ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެއެވެ.

މީގެ އިތުރުން މޫސުމާބެހޭ ގައުމީ އިދާރާ އިން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުުރުން އެކަށީގެންވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން، ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާާނެ ކަމަށް އެ އިދާރާއިން ލަފާކުރެވެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ