




.jpg?w=3840&q=75)

.png?w=3840&q=75)

މާލެ ދަތުރުކުރާ ރ. އަތޮޅުގެ "ފޮރ-ސީ" ބޯޓު އެ އަތޮޅު އުނގޫފާރު ނެރު ފައިކަށްޓަށް އުރިއްޖެއެވެ.
މުދާ އުފުލާ މި ބޯޓު އުނގޫފާރު ނެރު ފައިކަށްޓަށް އުރުމުން ބޯޓު ފުންކުރުމަށް އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި މުއައްސަސާތަކުން އަންނަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ.
މި ހާދިސާ ހިނގީ މެންދުރު ފަހު 2:15 ހާއިރުއެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން ބޯޓު ފުންކުރެވިފައިނުވެއެވެ.




