.jpg?w=3840&q=75)







.jpg?w=3840&q=75)
މޫސުން ގޯސް ދުވަހެއް،--- ފައިލް ފޮޓޯ/ އެމްއެންޑީއެފް
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ މުޅި ރާއްޖެއަށް މިއަދު ހެނދުނު 9:30 އިން ފެށިގެން 14:00 އާ ހަމައަށް ވައިޓް އެލާޓް ނެރިފައިވާ ކަަމަށެވެ.
މެޓް ބުނީ މި ވަގުތުގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓުން ބުންޏެވެ.
މުޅި ރާއްޖެއަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހުޅަނގު މޫސުމުގެ ވިއްސާރަ ފަށައިފަ އެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށްތަަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައްވެސް ވެފައިވެ އެވެ.
.jpg?w=3840&q=75)



.jpg?w=3840&q=75)



