
ކުރީގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.
ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ޑރ. މާރިޔާ މިހާރު ވަނީ ފޮރިން މިނިސްޓްރީގެ މަސައްކަތްތަކަށް ނުކުންނަވަން ފައްޓަވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރގެ މަގާމު އެންމެފުރަތަމަ އަދާކުރެއްވުމަށްފަހު، އެގްރިކަލްޗާ މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އެޕްރީލް މަހުއެވެ.ވަޒިރު ޑރ. މާރިޔާއަށް އަލުން މަޤާމެއް ދެއްވާފައިވާއިރު، މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު 10 ވަޒީރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޑރ. މާރިޔާގެ އިތުރުން، އެ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެއް އެހެން މިނިސްޓަރުންނަށްވެސް މިހާރު ވަނީ ސަރުކާރުގެ އެކި ދާއިރާތަކުން އިސް މަގާމުތައް ދެއްވާފައެވެ.










.jpg?w=3840&q=75)

.png?w=3840&q=75)



