






.jpg?w=3840&q=75)

މޫސުން ގޯސްދުވަހެއް- ފޮޓޯ: ގާފު
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށް ށ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމަޔަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ އިން ބުނީ އެސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށެވެ.
މި ސަރަހައްދަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް އެލާޓް ނެރިފައިވަނީ މިއަދު ހެނދުނު 11:30 އިން ފެށިގެން 16:30 އާ ހަމައަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މިމަހުގެ 11،12 އަދި 13ވަނަ ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށްވެސް ބުނެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ ހުޅަނގުމޫސުމުގެ ވިއްސާރައާއި ގުޅިގެން ރާއްޖެ ސަރަޙައްދުގައި ގިނަ އަދަދަކަށް ވިއްސާރަވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ.
މިއަދު މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ކުރަމުންނެވެ.


.jpg?w=3840&q=75)





