
.jpg?w=3840&q=75)

.png?w=3840&q=75)


.jpeg?w=3840&q=75)

.jpg?w=3840&q=75)
ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން (މޯލްޑިވިއަން) ގެ ދަތުރުތައް ކުޑަހުވަދުއަށް މި މަހު ފެށުމަށް ނިންމައިފިއެވެ.
މިއީ އެ އެއާލައިންގެ އެތެރޭގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމުގެ ގޮތުން ފަށާ ފަތުރުތަކެކެވެ.
މި ދަތުރުތައް މި ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ދުވަހަކު ވެސް ދަތުރުތައް ކުރުމަށް ނިންމާފައިވާކަމަށް އެ އެއާލައިނުން ބުނެއެވެ. އަދި ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ވެސް ވަނީ ނިންމާފައެވެ.
އެގޮތުން ޕްރޮމޯޝަނަލް އަގެއްގެ ގޮތުގައި 1,111 ރުފިޔާއަށް ޓިކެޓު ވިއްކުމަށް ހަމަޖައްސާފައިވާއިރު، ކުޑަހުވަދޫއަށް ދަތުރުތައް ފެށުމާއެކު މޯލްޑިވިއަން އިން ދަތުރުކުރާ އެތެރޭގެ މަންޒިލްތަކުގެ އަދަދު 18 އަށް އިތުރުވެގެންދާނެއެވެ.
މޯލްޑިވިއަން އިން ބުނީ މީގެ ސަބަބުން ދ. އަތޮޅުގެ ރައްޔިތުންނަށް ޞިއްޙީ، ތަޢުލީމީ، ވިޔަފާރި އަދި ވަޒީފާގެ ބޭނުންތަކަށް މާލެއަށް ދަތުރުކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި ދ. އަތޮޅުގައި ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާއަށާއި ލޯކަލް ވިޔަފާރިތަކަށްވެސް މިކަމުގެ ސަބަބުން ވަަރަށްބޮޑު މަންފާއެއް ކުރާނެކަމަށް ބުނެއެވެ.
މޯލްޑިވިއަން އިން ބުނީ މި ދަތުރުތަކުގެ ޓިކެޓު ސެޕްޓެންބަރު 13 އިން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓާއި، މޮބައިލް އެޕްލިކޭޝަނާއި، ޓިކެޓިންގ އޮފީސްތަކުގެ އިތުރުން ސޭލްސް އޭޖެންޓުން މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
މޯލްޑިވިއަންގެ ފްލީޓުގައި 25 މަތިންދާބޯޓު ހިމެނޭއިރު، އެ އެއާލައިނުންދަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންޑިއާ އަދި ޗައިނާ ފަދަ ޤައުމުތަކަށް އިންޓަރނޭޝަނަލް ދަތުރުތައްވެސް ކުރަމުންނެވެ.

.jpg?w=3840&q=75)

.png?w=3840&q=75)
