


.jpg?w=3840&q=75)

.png?w=3840&q=75)



ކުރީގެ ސަރުކާރުތަކުން ޤާނޫނު ތަންފީޒް ނުކޮށް އޮތުމަކީ އެ ޤާނޫނޫތައް މުގުރާލުމަށް ލިބޭ ލައިސަންސަކަށް ނުހެދުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރުމަށް ހޮޓްލައިނަށް ވަރަށް ރަނގަޅު ތަރުހީބެއް އާންމުންގެ ފަރާތުން ލިބުނުކަމަށާއި އެގޮތުން އެފަދަ ކަންކަން ހިންގާ މަޢުލޫމާތާގުޅިގެން 12 މީހެއްގެ މައްސަލަ ތަޙްޤީގުކުރަމުންދާކަމަށެވެ. އަދި އޭގެ ތެރެއިން 9 ފަރާތެއް ޑިޓެންޝަނަށް ގެންގޮސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންނަމަވެސް ޑިޓޭންޝަނަށް މީހަކު ނަގާއިރު، ދިވެއްސަކު އެމީހަކު ބަލާ އަންނަކަމަށާއި ބިދޭސީއަކު ރާއްޖެ ގެނެސް މަގުމައްޗަށް ދޫކޮށްލާއިރު ކުރާ ކަންތައްތައް ނުބަލާކަމަށް ވިދާޅުވިއެވެ. އަދި ޤާނޫނު ތަންފީޒް ކުރަން ފެށުމުން އެމީހަކު ބަލާ އައުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.ވަޒީރު ވިދާޅުވީ ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރާކަން ތަޙްޤީގަށް ހާމަވެއްޖެނަމަ ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ. އަދި ދިވެއްސެއްގެ ނިވާފަތްގަނޑެއްގައި އެކަން ކުރާނަމަ ދިވެހި މީހާއަށްވެސް ފިޔަވަޅު އަޅާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ޤާނޫނު ތަންފީޒް ކުރަން ފެށުމުން ބިދޭސީ މީހާއަށް އިހުމާލުވާކަން އެނގޭކަމަށާއި އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50،000 ރުފިޔާއިން ދިވެހި މީހާ ޖޫރިމަނާ ކުރެވޭނެކަމަށް ވެސް ހަނދާންކޮށްދެއްވިއެވެ. އަދި މީގެ ކުރީގެ ސަރުކާރުތަކުން ޤާނޫނު ތަންފީޒް ނުކޮށް އޮތުމަކީ އެ ޤާނޫނޫތައް މުގުރާލުމަށް ލިބޭ ލައިސަންސަކަށް ނުބެލުމަށް ތަކުރާރުކުރެއްވިއެވެ.



.jpg?w=3840&q=75)



