
.png?w=3840&q=75)


.jpeg?w=3840&q=75)




މާލޭގައި ކުރިން ހިނގި އެކްސިޑެންޓެއް - ގާފު ފޮޓޯ
ސައިކަލެއް ކަހާލައިގެން ވެއްޓި، މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ ސިނަމާލެ ބުރިޖު، މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި އިތުރު ސައިކަލަކާއި ކާރެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ 2026 ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ރޭ 19:20 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ޖުމުލަ 3 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އެއް ސައިކަލުގައި ތިބި ދެ މީހުންނާއި އަނެއް ސައިކަލުގައި އިން މީހާ ކަމަށް ފުލުހުން ބުނެއެވެ. އަދި މީގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުން ކަމަށާއި އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ވަނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންއަންނަކަމަށް ހާމަކޮށްފައެވެ.

.png?w=3840&q=75)


.jpeg?w=3840&q=75)