

.jpeg?w=3840&q=75)





MP-Aslam
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ނަންފުޅު ތާރީޚުގައި ލިޔެވިގެންދާނީ ރަން އަކުރުން ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ، އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމަކީ މުޅި ދުނިޔެއަށް ދިމާވި އާލަމީ ބޮޑު ވަބާއެއްް ކަމަށާއި، އޭގެ ސަބަބުން އެތައް ގައުމެއްގެ އިޤްދިސާދު މުޅިން ފުނޑުފުނޑުވެ އެތައް ބަޔަކު ގައުމުތަކުން މަރުވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.
ނަމަވެސް މި ސަރުކާރުން ކޮވިޑްގެ ކަންކަން މެނޭޖް ކުރެއްވީ ވަަރަށް ފުރިހަމައަށް ކަމަށާއި، އެހާ ފުރިހަމައަށް ރާއްޖޭގަައި ކޮވިޑްގެ ކަނންތައްތައް މެނޭޖްކުރެއްވި ކަމަށްޓަކާ ރައީސް ސޯލިހުގެ ނަންފުޅު ތާރީޚުގައި ލިޔެވިގެންދާނީ ރަން އަކުރުން ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ރާއްޖޭގެ ބަނގުރޫޓުވާ ވާހަކަ އާއި އަބަދުވެސް ކޮންމެވެސް ދިމާލަކުން ކޮންމެވެސް ގޯހެއް ދެއްކުމަށް މަސައްކަތް ކުރާ ބަޔަކު ވެސް އުޅޭ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ނާމާންކަމަށްފަހު ރާއްޖޭގެ އިގްތިސާދު 2019 ވަނަ އަހަރު ހުރި ހިސާބަށް މި ސަރުކާރުން ގެންގޮސްދީފައިވާކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި މި ދަނޑިވަޅުގައި ވެރިކަމަށް ގެންނަން ވާނީ ގައުމުގެ އިގްތިސާދު ރަނގަޅަށް ނެގެހެއްޓޭނެ ފަދަ ބޭފުޅެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް އަދި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.


.jpeg?w=3840&q=75)




