
211563_5dca7d52-e_
ރިޔާސީ ބަޔާން: މިއަންނަ މަހު ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވޭނެކަމަށް ރައީސުލްޖުުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށްް 2023 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ، ދިވެހިރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއަރޕޯރޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެގޮތުންް ހޯރަފުށީ އެއަރޕޯޓު މިހާރު ހުޅުވިފައިވާ ކަމަށާއި، މި އަންނަ މަހު ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވޭނެ ކަމަށެވެ.
އަދި މާފަރު ބައިނަލްއަޤްވާމީ އެއަރޕޯޓުގެ އެކްސްޕޭންޝަން މަސައްކަތް ފެށިއްޖެ ކަމަށާއި، ފ. މަގޫދޫ އަދި މ. މުލީ އެއަރޕޯރޓް ލަސްވެގެން މިއަހަރުގެ ނިޔަލަށް އިރާދަ ކުރެއްވިއްޔާ ނިމޭނެކަމަށެވެ. އަދި އަލިފުށީ އެއަރޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.
އޭގެ އިތުރުން މަކުނުދޫ، ބިލެތްފަހި، ތުޅާދޫ، އަދި ވިލުފުށީ އެއަރޕޯރޓަށް ބޭނުންވާ ބިން އިތުރު ކުރުމުގެ އަމަލީ މަސައްކަތް މިއަހަރު މެދު ތެރޭ ފެށިގެންދާނެކަމަށާއި، ރ. އަތޮޅު ދެކުނު ބިތުގަ ތަރައްޤީކުރެވޭ އެއަރޕޯޓ ، ދެންވެސް ކޮންމެހެން ބޭނުންތެރި ޑޮމެސްޓިކް އެއަރޕޯޓްތަކާއެކު މުޅި ރާއްޖެ، ވައިގެ މަގުން ގުޅާލައި ނިމޭނެކަމަށެވެ.
އަދި މާލެ ސަރަޙައްދުން ބޭރުގާ ހިންގޭ އެއަރޕޯރޓް އެޅުމުގެ އެންމެ ބޮޑު ދެމަޝްރޫޢު ދަނީ ކުރިއަށް ކަމަށާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އަދި އަމާޒަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ މިއަހަރުގެ ފަހު ކުއަރޓަރގާ ނިންމުންކަމަށްވެސްް ރައީސްް ސޯލިހު ވިދާޅުވިއެވެ.
އޭގެ އިތުރުން އައްޑޫ އިންޓަރނޭޝަލް އެއަރޕޯރޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އިރާދަކުރެއްވިއްޔާ މިފެބްރުވަރީ މަހު ޙަވާލު ކުރެވޭނެކަމަށާއި، މިއީ ރާއްޖޭގެ އެންމެ އުތުރާ، އެންމެ ދެކުނަށް އަހަރަކު ޖުމްލަ 2.8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ތަރައްގީ ކުރެވޭ ބައިނަލްއަގްވާމީ ޒަމާނީ ދެ އެއަރޕޯރޓް ކަމަށް ރައީސްް ވިދާޅުވިއެވެ.
އިތުރު ތަފްސީލު އަންނަނީ...
















