








qqq
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މެރިޓައިމް ސަރވައިވަލް ސެންޓަރ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 84 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފި އެވެ.
އެމްޓީސީސީން ވިދާޅުވީ، އެމްއެންޔޫ މެރިޓައިމް ސަރވައިވަލް ސެންޓަރ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތާއި ރޭމްޕް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 1،200 ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލިއެޅުމުގެ މަސައްކަތާއި، 62.25 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުު ތޮށި ލުމާއި، ރޭމްޕެއް އެޅުމުގެ މަސައްކަތާއި މޫރިިންގ ބޮލާޑް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 6.89 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.








