








ޙާފިޒު ކަމުގެ ސަނަދު ޙާޞިލްކުރި އަނަސް ބުން މުޢާޛުއާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރެއްވުން
ޙާފިޒު ކަމުގެ ސަނަދު ޙާޞިލްކުރި އަނަސް ބުން މުޢާޛުއާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.
މިނިސްޓްރީން ބުނީ، އަނަސްއަކީ، ކީރިތި ޤުރުއާން ހިތުން ދަސްކޮށް (23 އޮގަސްޓް 2026) ޙިފްޒު އިމްތިޙާން ނިންމައި ޙާފިޒު ކަމުގެ ސަނަދު ޙާޞިލްކުރި ޢުމުރުން 13 އަހަރުގެ ޅަޒުޒާނެއް ކަމަށެވެ.
އަނަސް ބުން މުޢާޛަކީ ހެމާ، ދ.ކުޑަހުވަދޫއަށް ނިސްބަތްވާ ކުއްޖެކެވެ. އަނަސްއާއި އޭނާގެ ޢާއިލާއާ ބައްދަލުކޮށް މިނިސްޓަރ ވަނީ ހިތްވަރުދީފައެވެ.








