

%20(3).jpeg?w=3840&q=75)





viber_image_2022-11-27_11-12-22-656
ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފިއެވެ.
އެމްޓީސީސީން ބުނީ، ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 26 ނޮވެމްބަރ 2022 ގައެވެ.
މިމަޝްރޫޢުގެ މިހާރު ކުރިއަށްދަނީ މިހާރު ހުރި ބަނދަރުގެ ނެރު ބަންދު ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ބަނދަރަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންދެވިފައި ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން، 23,017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 320 މީޓަރުގެ ސްކޯރިންގ އޭޕްރަންއެއް ހެދުމާއި، ބްރިޖެއް ހެދުމާއި، 1600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 42.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.


%20(3).jpeg?w=3840&q=75)
