.jpg?w=3840&q=75)





ހައްޖުވެރިންނަށް ފޮއްޓާއި ކިޓް ހަވާލުކުރުމުގެ ތެރެއިން- ފޮޓޯ: ހައްޖު ކޯޕަރޭޝަން
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރުތަކުގެ ކަލަންޑަރު އާންމުކޮށް، ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.
މިއަންނަ އަހަރަށް ރާވާފައިވާ އުމްރާ ދަތުރުތަކުގެ ތެރޭގައި ހިމެނެނީ ރަމަޟާން މަހުގެ އުމްރާއާއި ޖުލައި މަހުގެ އުމްރާއާއި ސެޕްޓެމްބަރު މަހުގެ އުމްރާގެ އިތުރުން ޑިސެމްބަރު މަހުގެ އުމްރާ އެވެ.
މިކަމާއި ގުޅިގެން ހައްޖު ކޯޕަރޭޝަނުން ބުނީ މި އަންނަ އަހަރުގެ އުމްރާ ދަތުރުތައް ޕްލޭންކޮށްފައިވަނީ ދިރާސީ އަހަރުގެ ކަލަންޑަރަާް ރިއާޔަތްކޮށް ސުކޫލް ބޮޑު ޗުއްޓީތަކާއި، އާއިލާތަކަށް ފަސޭހަވާނެ ދުވަސްވަރުތަކާއި ދިމާކޮށްގެން ކަމަށެވެ.
މި އުމްރާ ދަތުރުތަކުގެ އަގުތަކާއި މިއަހަރުގެ އަގުތަކާ ހަމަ އެއްވަރެކެވެ. އެގޮތުން ޖުލައި އަދި ސެޕްޓެމްބަރު މަހުގެ އުމްރާ ޕެކޭޖުގެ އަގު 30،965 ރުފިޔާއަށް އަރާއިރު، ޑިސެމްބަރު މަހުގެ އުމްރާ ޕެކޭޖުގެ އަގަކީ 31،965 ރުފިޔާ އެވެ.
ހައްޖު ކޯޕަރޭޝަނުން ވަނީ ކޮންމެ ދަތުރަކަށްވެސް ފުރުސަތު ކަނޑައެޅިފައިވާ ވަކި އަދަދަކަށް އޮންނައިރު، ޢުމްރާއަށް ޖާގަ ކަށަވަރުކުރުމަށް އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށް ނުވަތަ ވެބްސައިޓް (hajj.mv) އިން ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަށް އެދިފަ އެވެ.
.jpg?w=3840&q=75)



%20(5).jpeg?w=3840&q=75)

