.jpg?w=3840&q=75)





.jpg?w=3840&q=75)
ފާއިތުވި 3 އަހަރަކީ ދަރަނި ކުޑަކުރެވި، ކްރެޑިޓް ރޭޓިން މަތިކުރެވުނު 3 އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕީއެސްއެމްއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އެމަނިކުފާނު ވަނީ ވެރިކަމާއި ހަވާލުވެވަޑައިގެން ބެއްލެވީ ގައުމު ބަނގުރޫޓު ނުވެ ސަލާމަތް ކޮށްދިނުމަށްކަން ތަކުރާރު ކުރައްވާފައެވެ. އަދި މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ޤައުމު އޮތީ އިޤުތިޞާދީގޮތުން ޑިފޯލްޓްވުމުގެ ތުންފަތްމަތީގައިކަން ވިދާޅުވާ ވިދާޅުވުން ވެސް ތަކުރާރުކުރެއްވިއެވެ.
މީގެއިތުރުން ކަންކަން ރަނގަޅަށް މެނޭޖުނުކުރިނަމަ ދެތިން މަސް ތެރޭގައި ޑިފޯލްޓް ވީސްކަމަށާއި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވައި ބޮޑު ސްކޫކެއް ދައްކަން ޖެހިފައި އޮތްކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ކުރި މަސައްކަތުން 2 ފަހަރެއްގެ މަތިން ކްރެޑިޓް ރޭޓިންވެސް މަތިވެފައިވާ ކަމަށާއި މިއާއިއެކު ރާއްޖެއަށް އިންވެސްޓަރުން އައުމަށް އިތުބާރު ބޮޑުވަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު ބޭރުފައިސާ މެނޭޖުކޮށް ރައްޔިތުންނަށް ކަންތައްތައް ފަހިކޮށްދިނުމުގައިވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ރާއްޖެއިން ބޭރަށް ގޮސް ބޭސްފަރުވާއާއި އެހެނިހެން ކަންކަމުގައި ޚަރަދު ކުރުމުގައި މިހާރު ވަރަށް ގިނަ ލުއިތައް ފަހިކޮށްދީފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
.jpg?w=3840&q=75)



.jpg?w=3840&q=75)


%20(1).jpeg?w=3840&q=75)