
-
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް، އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ގެ "އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް" ގެ ދަށުން ޝަރަފުވެރި ދެ އެކްރެޑިޓޭޝަނެއް ރަސްމީކޮށް ލިބިއްޖެއެވެ.
މި ސެޓިފިކޭޝަންތައް އެމްޓީސީސީއަށް ލިބިފައިވަނީ، އޭސީސީއޭގެ "އެޕްރޫވްޑް އެމްޕްލޯޔަރ ޕްރޮގްރާމް" ގެ ދަށުން ކަނޑައަޅާފައިވާ ހަރުދަނާ ޝަރުޠުތަކާއި މިންގަނޑުތަކަށް އެ ކުންފުނި ފުރިހަމައަށް ފެތޭކަން، އޭސީސީއޭއިން ދިރާސާކޮށް ކަށަވަރުކުރުމަށް ފަހުގައެވެ.
މިގޮތުން އެމްޓީސީސީއަށް ޙާޞިލުކުރެވުނު ދެ ސެޓިފިކޭޝަނަކީ:
މި ސެޓިފިކޭޝަންތައް ޙާޞިލުކުރުމަކީ އެމްޓީސީސީގެ އެކައުންޓިންގ އަދި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ޤާބިލުކަން ތަރައްޤީކުރުމަށާއި، އެ މުވައްޒަފުންގެ ކުރިއެރުމަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުންފުނިން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ މުހިންމު ކާމިޔާބީއެއް ކަމުގައި އެ ކުންފުނީގެ މެނޭޖްމަންޓުން ދެކެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ކުރިމަގުގައިވެސް އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، ބައިނަލްއަޤްވާމީ ފެންވަރުގެ ޕްރޮފެޝަނަލް މިންގަނޑުތަކަށް ވާޞިލުވުމަށްޓަކައި މުވައްޒަފުންނަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގައި ސާބިތުކަމާއެކު ދެމިއޮތުމެވެ.



.jpeg?w=3840&q=75)




.jpeg?w=3840&q=75)



