.jpg?w=3840&q=75)






"އިހްތިރާމް އަދާކުރުމުގެ ގައުމީ ތަޢާރަފުކޮށް، އެ މަޝްރޫއާ ގުޅޭ މައުލޫމާތު ދިނުމުގެ ގޮތުންް މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންނާއި ވަޒީރު ހީނާ ވަލީދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމުގަައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި، މަޝްރޫއުގެ މައިގަނޑު މަޤުޞަދުތަކާއި، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތްތަކުގެ އިތުރުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ވަނީ ހިއްސާކުރައްވާފަ އެވެ.
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ ވައުދުފުޅެކެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ ރިވެތި އާދަކާދަތައް އަލުން ދިރުވައި އާލާކުރުމެވެ.
5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މިމަޝްރޫއުގެ ޝިއާރަކީ "އިޙުތިރާމުގެ އުފާ ތަހުޒީބު މުޖުތަމަޢު" އެވެ.
މި ޚާއްސަ ޤައުމީ މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން، ވަޒީރު ހީނާ ވަލީދާއި މަޝްރޫޢުގެ ޓީމު، މަޝްރޫޢު ފެށުމަށް ވާ ތައްޔާރީތަކުގެ ތެރެއިން ސަރުކާރުގެ ކަމާއި ގުޅޭ މުއައްސަސާތަކާއި އެކު ދަނީ ބައްދަލު ކުރައްވަމުންނެވެ.
.jpg?w=3840&q=75)






