

.jpeg?w=3840&q=75)
.jpg?w=3840&q=75)


.jpeg?w=3840&q=75)

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ- ފޮޓޯ: ޕީއެސްއެމް
މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މިމަހުގެ 29 ވަނަ ދުވަހުގެ ރޭ 20:30 ގައި އޮންނަ މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަހަރީ އާންމު ޖަލްސާގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން 'ފަހިވޯޓް' މެދުވެރިކޮށް އޮންލައިންކޮށް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވަނީ އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަަކަށެވެ. އަދި މި ޖަލްސާގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށައަޅާފައިވާ އަދަދު ފާސްކުރުން އޮންނާނެ އެވެ.މީގެއިތުރުން މި އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރ ހޮވައި އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި، ކުރިއަށް އޮތް ދައުރަށް އާންމު ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރުން އައްޔަންކުރުންވެސް އަހަރީ އާންމު ޖަލްސާގައި އޮންނާނެކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެމްޓީސީސީން ވަނީ މި ޖަލްސާގައި ބައިވެރިވާން ބޭނުްވާ ޙިއްޞާދާރުން މިމަހުގެ 27 ވަނަ ދުވަހުގެ 20:30ގެ ނިޔަލަށް ރަޖިސްޓްރީކުރުމަށް އެދިފަ އެވެ.





.jpeg?w=3840&q=75)
.jpg?w=3840&q=75)
