








nba-plain-88dfdc0c-609c-4cfc-aa08-5d2710c3a064
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީގައި ކޮސްޓަރިކާއާއި ދެކޮޅަށް ކުޅުނު މެޗު ސްޕެއިނުން ކާމިޔާބު ކޮށްފިއެވެ. މިރޭގެ މެޗުން ސްޕެއިން މޮޅުވެފައިވަނީ 7-0 ގެ ނަތީޖާ އަކުންނެވެ.
ސްޕެއިން މިރޭ ވަނީ މިރޭގެ މުޅި މެޗު ކޮންޓްރޯލްކޮށް ބޯޅަ ޑޮމިނޭޓްކޮށްގެން ކުޅެފައެވެ. މިރޭ ކުޅުނު މެޗުގައި ސްޕެއިނުން ވަނީ މެޗްގެ ފުރަތަމަ ހާފުގައި ތިންލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެނީ އެލްމޯ އާއި މާކޯ އެސެންސިއޯގެ އިތުރުން ފެރެން ޓޯރޭޒް އެވެ. ޓޯރޭޒްގެ ލަނޑަކީ ކްރޮއޯޝިއާއިން ކުރި ފައުލް ކުރުމާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލެކެވެ.
ލީޑަކާއެކު ހަމަޖެހިލަގެން ސްޕެއިން އިން ފުރަތަމަ ހާފު ނިންމާލިއިރު، ފުރަތަމަ ހާފެކޭ އެއްގޮތައް ދެވަނަ ހާފުގައިވެސް ބޯޅަ ޑޮމިނޭޓްކޮށްގެން ކުޅެފައިވަނީ ވެސް ސްޕެއިންއިންނެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 54 ވަނަ މިނެޓުގައި ސްޕެއިނުން އެ ޓީމުގެ ހަތަރުވަނަ ލަނޑުޖެހިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފެރާން ޓޮރޭސްއެވެ. ސްޕެއިންގެ ފަސްވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދިނީ ގަވީއެވެ. އަދި އެ ޓީމުގެ ހަ ވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ފަހު ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކާލޮސް ސޮލާ ކާމިޔާބު ކޮށްދިން އިރު ސްޕެއިންގެ ހަތްވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އޭގެ 2 މިނުޓު ފަހުން އަލްވާރޯ މޮރާޓާއެވެ.
އެގޮތުން މިރޭގެ މެޗުގައި ގަވީ ވެގެންގޮސްފައިވަނީ ވޯލްޑް ކަޕެއްގައި ސްޕެއިނަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އަދި ކަމަށާއި މި ލަނޑާއެކު އޭނާ ވެގެން ދިޔައީ 1958 ވަނަ އަހަރު ބްރެޒިލްގެ ޕެލޭއަށް ފަހު ވޯލްޑް ކަޕްގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
ސްޕެއިންއާ ދެކޮޅަށް ކޮސްޓާރިކާ އަށް އެންމެ ޝޮޓެއް ވެސް ހެދިފައި ނުވާއިރު، މެޗުގައި ވެސް ކޮސްޓަރީކާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.




