








0717434049d4143
އަންނަ މަހު ފަހުކޮޅު ގަތަރުގައި ފަށާ 2022 ވަނަ އަހަރުގެ ވޯލްޑްކަޕުގެ އޮފިޝަލް ސައުންޑްޓްރެކްގެ އިތުރު ލަވައެއް ނެރެފި އެވެ.
މިއީ މިއަހަރުގެ ވޯލްޑް ކަޕަށް ފީފާއިން ނެރުނު 4 ވަނަ ލަވައެވެ. މި ލަވަގެ ނަމަކީ " ލައިޓް ދަ ސްކައި " އެވެ.
މި ލަވައިގައި އަރަބި ދުނިޔޭގެ އެންމެ މަޝްހޫރު ހަތަރު އަންހެން ލަވަކިޔުންތެރިން ކަމަށްވާ ބަލްކީސް، ނޯރާ ފަތެހީ، މަނާލް އަދި ރަހްމާ ރިޔާދް ހިމެނެއެވެ.
މިލަވަ ބޮޑަށް ޚާއްސަކޮށްފައިވަނީ ވޯލްޑް ކަޕުގައި ރެފްރީކަން ކުރާނެ އަންހެން ރެފްރީންނަށެވެ.
މި ލަވަ އަކީ ތާރީހުގައި ވެސް އެންމެ ނުފޫޒުގަދަ އެއް ރިކޯޑް ޕްރޮޑިއުސަރު ކަމަށްވާ ރެޑްވަން އިން ޕްރޮޑިއުސްކޮށްފައިވާ ލަވައެކެވެ. ޝަކީރާގެ ވަކާ ވަކާ އާއި ލަ ލާ ލާ ފަދަ ލަވަތަކަކީވެސް ރެޑްވަންއިން ޕްރޮޑިއުސް ކޮށްފައިވާ ލަވަތަކެކެވެ.
މި ލަވައިގެ އިތުރުންވެސް ފީފާއިން މީގެ ކުރިން ވަނީ ވޯލްޑް ކަޕަށް ޚާއްސަ 3 ލަވައެއް މީގެ ކުރިންވެސް ނެރެފައެވެ.
ނޯރާ ފަތެހީ ވެގެންދާނީ ފީފާ ވޯލްޑް ކަޕުގައި ލަވައަކުން ފެނިގެންދާނެ ފުރަތަމަ އިންޑިއާގެ އަދި ދެކުނު އޭޝިއާގެ ސްޓާރެވެ. އަދި ވޯލްޑް ކަޕުގެ ސްޓޭޖަކުން ފެނިގެންދާނެ ފުރަތަމަ އިންޑިއާގެ އަދި ދެކުނު އޭޝިއާގެ ސްޓާރެވެ. އެގޮތުން ވޯލްޑް ކަޕުގެ ނިންމުމުގެ ރަސްމިއްޔާތުގައި ނޯރާ ފެނިގެންދާނެ އެވެ. އެފިނިލުމުގައި ހިންދީއިން ލަވަވެސް ކިޔާނެ ކަމަށް ރިޕޯޓްތަށް ބުނެއެވެ.




