
0015136D-7494-4A5F-8ACD-7CA1F3224497
ދާދި ފަހުން ބޭއްވުނު ޕީޕީއެމް ޕީއެންސީ ކޯލިޝަން، ދާއިރާ ތަކުގެެ އިންތިހާބާއި ގުޅިގެން ޕީޕީއެމް ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރި ގިނަ ކެނޑިޑޭޓުން ތަކެއް ގުޅިގެން ތައްޔާރު ކޮށްފައިވާ ނޫސް ބަޔާނެއް ލީކްވެއްޖެއެވެ.
މި ނޫސް ބަޔާން ލީކް ކޮށްލާފައިވަނީ ތިނަދޫ ދާއިރާ ތަކަށް ކުރިމަތިލި ކެނޑިޑޭޓުން ތިބޭ ވައިބާރ ގްރޫޕެއްގައެވެ. މި ނޫސް ބަޔާން ވަނި ގާފު ނޫހުގެ ނުއިސްޓީމަށް ލިބިފައި އެވެ. މިކަމާއި ގުޅިގެން މި ބަޔާނުގައި ސޮއިކޮށްފައިވާ ކެނޑިޑޭޓަކަށް ގުޅުމުން އެފަރާތުން ބުނެފައިވަނި މި ނޫސްބަޔާނަކީ އިންތިހާބުގެ ތެރޭގައި ހިނގާދިޔަ ގަވާއިދާއި ހިލާފު ކަންކަން ޕާޓީ އާއި އާންމު މެމްބަރުންގެ ސަމާލުކަމަށް ގެނައުމަކަށްޓަކައި ތައްޔާރުކުރި ބަޔާނެއް ކަމަށެވެ. ނަމަވެސް ޕާޓީގެ ފަރާތުން މި މައްސަލަ ބަލަމުންދާތީ ބަޔާން ނެރެފައިނުވާނެ ކަމަށާއި ނަމަވެސް މި ބަޔާން ލީކް ކޮށްފައިވަނީ ކިހިނެތް ކަމެއް އެފަރާތަށް ނޭގެ ކަމަށެވެ.
މި ނޫސް ބަޔާނުބައި ލިޔެފައިވާ ގޮތުގައި އެބަޔާނަކީ ކޯލިޝަންގައި ނުހިމެނޭ މީހުން ( ޕީޕީއެމް އަށާއި ރައީސް ޔާމީނު އަށް ގައްދާރުވި ސައުދުﷲ ހިލްމީ ) ގެ ނުފޫޒުގައި ވަދެތިބެ ހިންގާފައިވާ އިންތިހާބުގެ ގަވާއިދާއި އުސޫލުތަކާއި ހިލާފު އަމަލުތައް ހިންގާފައިވާތީ އެކަން ކުށްވެރިކޮށް އިންތިހާބުގައި ބައިވެރިވި ކެނޑިޑޭޓުންގެ ފަރާތުން ނެރޭ ނޫސްބަޔާނެއް ކަމަށެވެ.
މި ބަޔާނުގައި ލިޔެފައިވާ ގޮތުގައި ގދ ތިނަދޫ އުތުރު ދާއިރާގެ ވޯޓު ލުމުގެ ކަންކަން ހިނގާ ގޮސްފައިވަނި އިންސާފާއި ހަމައާއި އުސޫލުތަކާއި ހިލާފަށްކަން ދަންނަވަން ޖެހޭ ކަމަށާއި އެގޮތުން ވޯޓުލި ދުވަހު ފެންނަމުން ދިޔަ ކަންކަމާއި މިހާރު މީސް މީޑިގައި އާންމު ވެފައިވާ ވީޑިއޯ ތަކާއި ފޮޓޯ ތަކާއި މަައުލުމާތުތަކަށް ރިޔާއަތްކޮށް މިކަންކަން މިހެން ހުރުމާއި އެކު އިންތިހާބުގައި ބައިވެރިވި ކެނޑިޑޭޓުންގެ ފަރާތުން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަދި ހިނގާފައިވާ ކަންކަމަކީ ބަލައިނުގެނެވޭނެ ދަށު ދަރަޖައިގެ ނާތަހުޒީބު ފިޑި އަމަލުތަކެއް ކަމަށް ދެކޭ ކަމަށެވެ.
މިހެން ކަންކަން ހިގާފައި އޮތުމުން އިންތިހާބުގައި ބައިވެރިވެ ކެނޑިޑޭޓުންގެ ހައިސިއްޔަތުން މި އިންތިހާބުގެ ނަތީޖާ ބަލައިނުގަނެވޭނެ ކަމަށް 5 ކެނޑިޑޭޓުންގެ ސޮއާއި އެކު ތައްޔާރުކޮށްފައިވާ މި ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ކެނޑިޑޭޓުން ވަނީ ޕީޕީއެމް ކޯލިޝަންގެ ކަރާމާތާއި ރައީސް ޔާމީނުގެ ދިފާއުގައި އަދި އެހެންމެ ގދ ތިނަދޫގެ އާންމު މެމްބަރުންގެ ހައްގުތަކާއި މަސްލަހަތު ނަގަހައްޓައި ދެމެހެއްޓުމުގެ ގޮތުން މިކަންކަން ބަލައި ފިޔަވަޅު އަޅައި ދިނުމަށް ކޯލިޝަންގެ އެންމެހާ ގުވަންތަކަށް ގޮވާލާފައެެވެ.
މި ބަޔާނުގައި ދާއިރާއަށް ވާދަކުރި 5 ކެނޑިޑޭޓަކު ސޮއޮކޮށްފައި ވެއެވެ. އެގޮތުން ތިނަދޫ އުތުރު ދާއިރާގެ ރައީސް ކަމަށް ވާދަކުރި ދެ ކެނޑިޑޭޓުން ކަމަށްވާ އަހުމަދު ތަސްލީމު އާއި އާޒިމް ހުސެެއިން އަދި އެ ދާއިރާގެ ނައިބު ރައީސް ކަމަށް ވާދަކުރެއްވި މުހައްމަދު ރިޔާޒްގެ އިތުރުން އަންހެނުންގެ ރައީސް ކަމަށް ވާދަކުރެއްވި ނިއުމާ ހުސެއިން އާއި ޒުވާނުންގެ ރައީސް ކަމަށް ވާދަކުރެއްވި ނިޔާޒު އަހުމަދު ވަނީ މި ބަޔާނުގައި ސޮއިކުރައްވާފައެވެ.
މި އިންތިހާބުގެ ސައްހަކަމާއި މެދު ކެނޑިޑޭޓުން ސުވާލު އުފައްދާފައިވާއިރު ވޯޓު ކަރުދާސް ޕްރިންޓުކޮށް އިންތިހާބު އޮޅުވަލި ކަމުގެ ތުހުމަތާއި އެކު ވޯޓު ކަރުދާސް ޕްރިންޓު ކުރާ ވީޑިއޯއެއް ވަނީ މީސްމީޑިއާގައި ދައުރުވެފައި އެވެ.












