





.jpeg?w=3840&q=75)

2021-03-30_ATK-48174-Rice-Basmati
މުއްދަތުހަމަވެފައި ވާ ހަނޑުލުގެ ބާވަތެއް ތާރީހު އޮޅުވާލައިގެން ވިއްކަމުން އަންނަ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކޮށްފި އެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޕާކިސްތާނުގެ އުފެއްދުމެއް ކަމަށްވާ އަލް ޤަމަރު ގޯލްޑް ޕްރީމިއަމް އެރޯމެޓިކް ބާސްމަތީ ހަނޑޫގެ މުއްދަތު ހަމަވެފަިއވާ 5 ކިލޯގެ ޕެކެޓް، މުއްދަތުހަމަވާ ތާރީހު ބަދަލުކޮށްގެން ވިއްކަމުން އަންނަ ކަމަށް އެ އޮތޯރިޓީއަށް ފާހަަވެފައިވާކަމަށެވެ.
މިކަން ފާހަގަވެފައިވަނީ އެ އޮތޯރިޓީން ކުރި އިންސްޕެކްޝަނަކަށް ފަހުގައި ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އެމްއެފްޑީއޭއިން ބުނީ، މިހާތަނަށް ބެލި ބެލުމުން އެ ޕެކްޓުގައިވާ މުއްދަތުހަމަވާ ތާރީހު ހަމަވުމުން، އޭގެ މަތީގައި ސްޓިކާއެއް ހަރުކޮށް އެތާރީހަށް ބަދަލު ގެނެސްވައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކުމަކީ އޭގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި، ފެންވަރު ގެއްލި އާއްމު ސިއްހަތަށް ނުރައްކާ ވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ. އެހެން ކަމުން މުއްދަތުހަމަވާ ތާރީހު ބަދަލުކޮށްގެން ކާބޯތަކެތި އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.








