
.jpeg?w=3840&q=75)


.jpg?w=3840&q=75)

.jpg?w=3840&q=75)
ކޮޑެގަލާގައި ތަރައްގީކޮށްފައިވާ "ނިލާ ކޮރަލް އައިލޭންޑް މޯލްޑިވްސް"ރިސޯޓް- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ގދ. އަތޮޅުގެ 3 ވަނަ ރިސޯޓް، ކޮޑެގަލާގައި ތަރައްގީކޮށްފައިވާ "ނިލާ ކޮރަލް އައިލޭންޑް މޯލްޑިވްސް" ހުޅުވައިފި އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އެވިއޭޝަން އިން ބުނީ މިއީ ގދ. އަތޮޅުގެ ރައްޔިތުންނަށް ރަށާއި ކައިރިން ވަޒީފާއާއި ވިޔަފާރީގެ ފުރުސަތު ފަހިވެގެންދާނެ ކަމެއްކަމަށެވެ.
ރާއްޖެއަަށް ޒިޔާރަތްކުރުމުގެ އަހަރު މިއަންނަ އަހަރު ފާހަގަކުރާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މި ރިސޯޓުގެ ސަބަބުން ރާއްޖެއަށް އިތުރު ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ނަފާ އިތުރު ރަށްރަށަށް ފޯރުކޮށްދޭނެ މަސައްކަތްތަކެއް ކަމަށެވެ.
މި ރިސޯޓަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދީ މިހާރު ބުކިންނަށް ހުޅުވާލާފައިވާއިރު، މިއީ މާވަރުލު އެއާޕޯޓާއި 15 މިނެޓް ދުރުގައި އޮންނަ ރިސޯޓެކެވެ.
މި ރިސޯޓަކީ މަތީ ފަންތީގެ ފަތުރުވެރިކަމަށް ހުޅުވާފައިވާ ރިސޯޓަކަށްވާއިރު، ޖުމްލަ 40 މީހުންނަށް އެއް ފަހަރާ ޚިދުމަތް ދެވޭ ގޮތަށްވަނީ ފަރުމާކޮށްފަ އެވެ. އަދި މޫދަށްވާ ގޮތަށް ރަށުގައި ތަރައްގީކޮށްފައިވާ 7 ވިލާ ހުންނައިރު، މި ވިލާތަށް 3 ގިންތިއަކަށް ބަހާލެވިފައިވެ އެވެ. އެއީ 2 ކޮޓަރީގެ ވިލާ އާއި، 3 ކޮޓަރީގެ ވިލާ އަދި އެންމެ މަތީ ފަންތީގެ 5 ކޮޓަރީގެ ވިލާ އެވެ.
މި ރިސޯޓް ފިޔަވައި ދެން ގދ. އަތޮޅުގައި ހިންގަނީ 2 ރިސޯޓެވެ. އެއީ އަޔާޑާ މޯލްޑިވްސް އަދި އެންއެޗް ކަލެކްޝަން މޯލިވްސް ހޮވޮއްޑާ ރިސޯޓެވެ.

.jpeg?w=3840&q=75)

