
.jpeg?w=3840&q=75)


.jpg?w=3840&q=75)

.jpg?w=3840&q=75)
.jpeg?w=3840&q=75)
ހުޅުމާލޭގައި އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ފްލެޓެއްގައި އާބާތުރަ ފިލުވުމުގެ މަސައްކަތް- ފޮޓޯ: ގާފު
ހުޅުމާލޭގައި އިމާރާތްކުރާ ފަރާތްތައް "އިމާރާތްކުރުމުގައި އަމަލީ މަސައްކަތްކުރާއިރު ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވައިދަށް" ފެއްތުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ފްލޭނިންގް އެންޑް އިންފްރާސްޓަކްޗާ އިން އެކުލަވާލާއިވާ ގަވައިދު "އިމާރާތްކުރުމުގައި އަމަލީ މަސައްކަތްކުރާއިރު ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވައިދު" ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ.
ވީމާ ހުޅުމާލޭގައި އިމާރާތްކުރާ ފަރާތްތަކާއި އަލަށް އިމާރާތްކުރާ ފަރާތްތައް މި އަންނަ މަހުގެ 10 ގެ ނިޔަލަށް، ގަވައިދުގައިވާގޮތަށް ކަންކަން އިސްލާހުކުރުމަށް އެޗްޑީސީން ވަނީ އަންގާފަ އެވެ. އަދި މި މުއްދަތަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ ގަވައިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު ކަމަށްވެސް އެޗްޑީސީން އަންގާފައިވެ އެވެ.
މީގެއިތުރުން އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.

.jpeg?w=3840&q=75)


.jpeg?w=3840&q=75)


