
ބިންހެލުން އައި ހިސާބު- ފޮޓޯ: މެޓް
މިޑް އިންޑިއަން ރިޖް އަށް ބިންހެލުމެއް އައިސްފައިވާކަމާއި، ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
މެޓުން ބުނީ މި ބިންހެލުން އައިސްފައި ވަނީ އައްޑޫ ސިޓީ އާއި 1،245 ކިލޯމީޓަރު ދުރުމިނެއްގައި ކަމަށެވެ.
އިންޑިއާ ކަނޑުގެ މެދުތެރޭގައިވާ ސަރަހައްދަކަށް މިއަދު ހަވީރު 5.2 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާކަމަށް މެޓުން ބުންޏެވެ. އަދި މި ބިންހެލުން އައިސްފައިވަނީ ހަވީރު 4:28 ގައިކަމަށްވެސް މެޓުން ބުންޏެވެ.
ނަމަވެސް މިކަމުގެ އެއްވެސް ނުރައްކަލެއް ސީދާ ރާއްޖެއަށް ނެތްކަމުގެ ޔަގީންކަން މެޓުން ދީފައިވެ އެެވެ.



.jpeg?w=3840&q=75)

.jpeg?w=3840&q=75)



.jpeg?w=3840&q=75)


.jpg?w=3840&q=75)

.jpg?w=3840&q=75)