-1791455226200.jpeg?w=3840&q=75)








ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހަޓުތަކެއް.jpeg
ހުޅުމާލޭގައި ހިންގާ ހޮޓާ، ކެފޭ އަދި ޓޭކްއަވޭ ފިހަރާތަކުގެ ބޭރުގައި ގަވައިދާ ހިލާފަށް ގޮނޑި މޭޒު ބެހެއްޓުމާއި ހުއްދަނެތި ކާބޯތަކެތި ވިއްކުމުގެ މައްސަލަ ބޮޑުވެ، ގަވައިދަށް ފެއްތުވުމުގެ މަސައްކަތް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން ފަށައިފި އެވެ.
ހުޅުމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރެންޓް އަދި ޓޭކްއަވޭ ފިހާރަތަކުގެ ބޭރުގައި، ދުވާރު މައްޗާއި ހެޒުތެރޭގައި ގަވާއިދާ ހިލާފަށް ގޮނޑި، މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާކަމެއްކަން، އެޗްޑީސީގެ HDC(161)-MNS/IU/2024/173 އިއުލާނުގައި އާންމުކޮށް އަންގާފައިވާކަމަށް އެޗްޑީސީން ބުންޏެވެ.
ނަމަވެސް މި ގަވައިދާ ހިލާފަށްބައެއް ފަރާތްތަކުން ހުޅުމާލޭގެ ދުވާރާއި ހެޒުތެރޭގައި ހުރި ގޮނޑިއާއި މޭޒު ފަދަ ތަކެތި ނަގާފައި ނުވާކަން އެޗްޑީސީއަށް ފާހަގަކުރެވިފައިވާކަމަށް އެޗްޑީސީން ބުންޏެވެ. އެހެންކަމުން މިއަދުން ފެށިގެން އިސްވެ ދެންނެވުނުހެން ގަވާއިދާ ހިލާފަށް ހެޒުތެރެއާއި ދުވާރުމަތީގައި ހުރި ތަކެތި ނަގައި، އެކަންކަން ރަނގަޅު ކުރުމަށް އެޗްޑީސީން ވަނީ އިއުލާންކޮށްފަ އެވެ. އަދި ކާބޯތަކެތި ވިއްކުމުގެ ހުއްދަ ނުނަގައި ހުޅުމާލޭގައި ކެފޭ، ހޮޓާތައް ހިންގާ ފަރާތްތަކުން އެ ހުއްދަތައް ނެގުމަށްވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗްޑީސީން ބުނީ މި މުއްދަތުގެ ފަހުން ގަވާއިދާ ހިލާފަށް ހުންނަ އެފަދަ ތަންތަނާއި މެދު، އެމްއެފްޑީއޭ އަދި ކަމާއި ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ލިބޭ އެއްވެސް ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފަ އެވެ.
-1791455226200.jpeg?w=3840&q=75)






.jpg?w=3840&q=75)
