





.jpeg?w=3840&q=75)

ރާއްޖޭގެ ރިސޯޓެއް
ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ޗައިނާގެ 2 ފަތުރުވެރިންގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފި އެެވެ.
ފުލުހުން ބުނީ މިއަދު ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރިއުޅުނު ޗައިނާގެ ދެ ފަތުރުވެރިއަކު ގެނބިގެން، ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައިވާކަމަށެވެ.
މި ހާދިސާގައި ގެނބިފައިވަނީ ޗައިނާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ފަރުވާދެމުންދާ ދެ ފަތުރުވެރިންގެ ހާލުވެސް މިހާރު ރަނގަޅުކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.







.jpeg?w=3840&q=75)
