




%20(3).jpeg?w=3840&q=75)


h_57266760
ބަޔާން މިއުނިކާއި ފްރާންސްގެ ކުރީގެ ވިންގާ ފްރޭންކް ރިބެރީ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފި އެވެ.
އުމުރުން 39 އަހަރުގެ ރިބަރީ ރިޓަޔާ ކުރަން ނިންމާފައިވަނީ ކަކުލަށް ލިބުނު އަނިޔާއެކާ ގުޅިގެންނެވެ. މިއާއެކު ސެރީ އޭގެ ޓީމު ސެލެރްނިތާނާއާއެކުހަދާފައިވާ އެއްބަސްވުންވެސް ރިބަރީ ވަނީ މިހާރު އުވާލާފައެވެ.
އޭނާ ވަނީ 2007-2019 އަށް ބަޔާން އަށް ކުޅުނު 425 މެޗުގައި 124 ލަނޑު ކާމިޔާބުކޮށް 182 އެސިސްޓް ހަދައި، 2013 ވަނަ އަހަރުޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ބުންޑެސްލީގާގެ ނުވަ ތަށި ބަޔާންއަށް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.
ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ރިބަރީ ވަނީ 2014 ވަނަ އަހަރު ބުރަކައްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން ވޯލްޑް ކަޕްގެއްލުމުން އިންޓަނޭޝަނަލް ޑިއުޓީން ރިޓަޔާކުރިކަން އިއުލާނު ކުރުމުގެ ކުރިން ގައުމީ ޓީމަށް ކުޅުނު 81 މެޗުގައި 16 ގޯލާއި 25 އެސިސްޓް ހަދާފައެވެ.




