






%20(3).jpeg?w=3840&q=75)

breaking ބްރޭކިންގް
މަޝްހޫރު ފުޓްބޯޅަ ކްލަބް، ޗެލްސީ ވިއްކާލަން އެ ކްލަބުގެ ވެރިޔާ، އަބްރަމޮވިޗް އިއުލާންކޮށްފިއެވެ.
އިނގިރޭސި ވިލާތުގެ މިރަރ ނޫހުން ހާމަކުރި ގޮތުގައި އޭނާ ވަނީ އެ ކްލަބު ބިޑު އުސޫލުން ގަންނާނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެވެ. އޭނާ މިފަދަ ނިންމުމެއް ނިންމާފައިވަނީ ރަޝިއާއާ ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިނގިރޭސިވިލާތުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތަކުގެ ސަބަބުންނެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އޭނާ އަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީ ވިއްކާލަން އޭނާ އިއުލާންކޮށްފައިވަނީ 4 ބިލިއަން ޔޫރޯ އަށެވެ.
ޔޫކްރޭން ހަނގުރާމައާ ގުޅިގެން އިނގިރޭސި ވިލާތުން އޭނާއަށް ކުރިމަތިވި ފިއްތުންތަކުގެ ސަބަބުން އޭނާ އަށް ކްލަބް ވިއްކާލަން މަޖުބޫރުވީ އެވެ. އޭނާ އަކީ ރަޝިއާގެ ރައީސް، ލެމިޑިއާ ޕޫޓިންއާ ވަރަށް ގާތް ބޭފުޅެކެވެ.
ޗެލްސީގެ ތާރީޚަށް ބަލާއިރު، އަބްރަމޮވިޗް ޗެލްސީ ގަނެފައިވަނީ 2003 ވަނަ އަހަރު އެވެ. އޭނާ އެ ކްލަބް ގަތީ ރަޝިއާގެ އޮލިގާކް އަތުންނެވެ. އަދި އޭގެ ފަހުން އެ ކްލަބުން ވަނީ ފުޓްބޯޅައިގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޕްރެމިއާ ލީގުގެ ފަސް މުބާރާތް ކާމިޔާބު ކުރުމާއި ޗެމްޕިއަންސް ލީގުގެ ދެ މުބާރާތް ކާމިޔާބު ކުރުން ހިމެނެއެވެ.
ރަޝިއާގެ އަމަލުތަކުގެ ސަބަބުން އެމެރިކާއާއި އިނގިރޭސި ވިލާތް އަދި ޔޫރަޕްގެ އިއްތިހާތުން ވަނީ، ރަޝިއާގެ ސަރުކާރާ ގުޅުން އޮތް ގިނަ ބަޔަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަން ހާމަކޮށްފައެވެ. އެއާ އެކު އެ ފަރާތްތަކަށް ދަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންނެވެ.




