
ހެރީ ކޭން ބެލެންޑިއޯ އެވޯޑާއެކު..
ޖަރުމަނުގެ ބަޔާން މިޔުނިކަށް ކުޅެމުން އަންނަ އިނގިރޭސި ތަޖުރިބާކާރު ފޯވާޑް ހެރީ ކޭން މިއަހަރުގެ ބެލެންޑިއޯ އެވޯޑް ކާމިޔާބުކޮށްފިއެވެ.
އުމުރުން 33 އަހަރުގެ ކޭން މިއަހަރުގެ ބެލެންޑިއޯ ކާމިޔާބުކުރިއިރު، ދެވަނަ ހޯދީ ރެއާލް މެޑްރިޑްގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. އަދި ތިންވަނަ ލިބުނީ ބާސެލޯނާގެ ސްޕެނިޝް ފޯވާޑް ލަމީން ޔަމާލްއަށެވެ.
މިއީ ފާއިތުވެދިޔަ 25 އަހަރުތެރޭގައި އިނގިރޭސި ކުޅުންތެރިއަކު ބެލެންޑިއޯ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެގޮތުން ބްލެކްޕޫލްގެ އިނގިރޭސި ފޯވާޑް ސްޓޭންލީ މެތިއުސް (1956)، މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި މިޑްފިލްޑަރު ބޮބީ ޗާލްޓަން (1966)، ހަމްބާގްގެ އިނގިރޭސި ފޯވާޑް ކެވިން ކީގަން (1978 އަދި 1979 ) ބެލެންޑިއޯ ކާމިޔާބުކޮށްފައިވާއިރު، 2001 ވަނަ އަހަރު ލިވަޕޫލް ފޯވާޑް މައިކަލް އޮވެންއަށްފަހު މިހާތަނަށް އިގިރޭސި ކުޅުންތެރިއަކަށް މިއެވޯޑް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މިދިޔަ ސީޒަނުގައި ކުލަބަށާއި ގައުމީ ޓީމަށް ކުޅުނު 65 މެޗުގަައި 73 ލަނޑު ޖެހުމުގެ އިތުރުން ކޭން ވަނީ ބަޔާން މިޔުނިކާއެކު ޖަރުމަނު ލީގާއި، ޖަރުމަނު ކަޕްގެ އިތުރުން ޖަރުމަން ސުޕަކަޕް ކާމިޔާބުކޮށްފައެވެ.














