

.jpg?w=3840&q=75)




.jpg?w=1920&q=75)
ރެހެންދި އެވޯޑަށް ނަން ހުށްހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މުޖުތަމަޢުގެ ލާބައާއި މަންފާއާއި ޤައުމުގެ ކުރިއެރުމަށް އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ދޭ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ.
މިއީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި، މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އެކި ކަންކަމަށް އަންހެނުން ނުކުތުމަށް ހިތްވަރުދީ އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދެއްވާ އެވޯޑެކެވެ.
އެވޯޑަށް ކުރިމަތިލުމުގެ ގޮތުން ވަކިވަކި އަންހެނުންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި އެވޯޑަށް ކުރިމަތިލެވޭނީ އަންހެނުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތައް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށެވެ. ވަކި ވަކި އަންހެނުންގެ ނަން ނުވަތަ ޖަމްޢިއްޔާތަކުގެ ނަން އަމިއްލައަށް ނުވަތަ އެހެން ފަރާތަކަށްވެސް ހުށަހެޅޭނެއެވެ. އަންހެންނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ނަން އަމިއްލައަށް ނުވަތަ ކިމިޓީ ނިސްބަތްވާ ސިޓީ ނުވަތަ ރަށެއްގެ ލޯކަލް ކައުންސިކަށް ނުވަތަ އެހެން ފަރާތަކަސްވެސް ހުށަހެޅޭނެއެވެ. ރެހެންދި އެވޯޑަށް ނަން ހުށަހެޅޭނީ އެއް ދާއިރާއިންނެވެ.ވަކިވަކި އަންނެހުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް މި އިނާމު ދެވޭނެ ކެޓަގަރީތަކުގެ ތެރޭގައި، ލީޑަރޝީޕް އަދި ގަވަނަންސް އިޤްތިޞާދީގޮތުން ބާރުވެރުކުރުވުން، އިޖްތިމާއީ ގޮތުން ބާރުވެރިކުރުވުން، އަންހެނުން އާންމުކޮށް ކޮށް ނޫޅޭ މަސައްކަތެއް ނުވަތަ ނޮން ޓްރެޑިޝަނަލް ރޯލްސް ހިމެނެއެވެ.


.jpg?w=3840&q=75)
