







މިއާންޒް އާއި ޒިކުރާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގާފު އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2026 ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅުނު ތިން މެޗުގައި ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ބަލިކޮށް ޒިކުރާ އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މުބާރާތުގައި ޒިކުރާ ކުޅުނު ފުރަތަމަ މެޗުގައި 2-0ގެ ނަތީޖާއަކުން އައިއެމްއޫއެސްޔޫ އަތުން މޮޅުވެފައިވާއިރު، މިއާންޒްގެ ފުރަތަމަ ދެމެޗުގައި އެމްއެންޔޫ އަދި ވީސީއެސްއޭ އަތުން ވެސް އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 7-8 ގެ ނަތީޖާއަކުން ޒިކުރާ އިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 13-15 ގެ ނަތީޖާއަކުންނެވެ.
އެގޮތުން މިމެޗުގައި ޒިކުރާގެ ޝަހާމާ 12 ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ އަލްވާ އަށް ޕޮއިންޓް އަދި އާޝާ ވަނީ ތިން ޕޮއިންޓް ހޯދާފައެވެ. އަދި މީގެ އިތުރުން މިމެޗުގައި މިއާންޒްގެ ޒުހާ ނުވަ ޕޮއިންޓް ކާމިޔާބުކުރިއިރު، އެޓީމުގެ މިލްހާ އަދި ނުޒުހާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި ހަތަރު ޕޮއިންޓް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި މިއާންޒްގެ އައިޝަތު މުހައްމަދު ދީދީ ދެ ޕޮއިންޓް ކާމިޔާބުކުރުއިރު، ނައުޝާ ވަނީ އެއް ޕޮއިންޓް ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒިކުރާގެ ޝަހާމާ އަލީ ހާޝިމް އެވެ.
މިނަތީޖާއެކު މުބާރާތުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ޒިކުރާ އިން ހަ ޕޮއިންޓް ހޯދާފައިވާއިރު، މިމެޗުން ބަލިވި މިއާންޒް އިން މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި އޮވެއެވެ.
އޮކްޓޯބަރު 2026 އިން 31 އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު ޖުމްލަ ފަސް ޓީމަކުން ވާދަކުރަމުންދާއިރު، މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.








