

.jpg?w=3840&q=75)





PNC
ޓެކްސް ފައިސާ އިން މިކުރާ ކަމަކީ ބަޔަކު ބަނގުރޫޓުކޮށްލި ގައުމު ނަގާ ކޮޅަށް ޖެހުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި، ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ޓެކްސްތައް ބޮޑުކޮށްގެން ދައުލަތަށް ނަގާ ޓެކްސް ފައިސާއިން ކުރަނީ ކޮންކަމެއްތޯ އިދިކޮޅު މެންބަރުން ކުރެއްވި ސުވާލުތަކަަަށް ޖަވާބު ދެއްވަމުންނެވެ.
ޓެކްސް ބޮޑުކޮށްގެން ދައުލަތަށް ލިބޭ ފައިސާ އިތުރުވަމުންދިޔަ ނަމަވެސް ދައުލަތުން ވި ވައުދާ އެއްގޮތަށް، ސިއްހީ ހިދުމަތާ، ބޭސް ލިބުމުގެ އިތުރުން ޑޮލަރ ލިބުން ފަސޭހަ ނުވާ ކަމަށް އެމްޑީޕީ މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ ޕްރޮޖެކްތައް ކުރިއަށް ނުގޮސް ހުއްޓިފައިވާއިރު، ދައުލަތަށް ލިބޭ ފައިސާއިން ކުރަނީ ކޮން ކަމެއްތޯ، ތަކުރާރުކޮށް ރިޔާސަތާ ސުވާލު ކުރެއްވިއެވެ.
އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާާޅުވީ ފައިސާ ހޯދައިގެން އެކި ބޭފުޅުން ކުރައްވާނީ އެކި ކަންކަން ކަމަށެވެ. އެގޮތުން އެއްބައި ބޭފުުޅުން އެ ބޭފުޅުންގެ ޖީބު ބޮޑު ކުރައްވާ، އަމިއްލަ ކުންފުނިތައް މުއްސަނދި ކުރައްވަނީ ކަމަށާއި އަނެއްބައި ބޭފުޅުން ކުރައްވާ ކަމަކީ އެފަރާތްތަކުން އެގޮތަށް އަމަލުކުރުމުގެ ސަބަބުން ބަނގުރޫޓު ކޮށްލާފަ އޮތް ގައުމު އަލުން ސަލާމަތްކޮށް އިގްތިސާދު ނަގާ ކޮޅަށް ޖައްސަވާ، ދަރަނިތައް ދެއްކުން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
.


.jpg?w=3840&q=75)




