
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މިމަހު 28 ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނެކަމަށް މިނިސްްޓަރ އޮފް އިސްލާމިކް އެފެއާޒު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްްޓަރ ޑރ. ޒާހިރު ކުރެއް ޓްވީޓެއްގައި ވިދާޅުވީ 28 ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ ދީނީ އިލްމުވެރިޔާ މުފްތީ މެންކްކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިމަހުގެ 28 އިން 31 އަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ މާލެ އާއި ފުވައްމުލައް އަދި އައްޑޫ ސިޓީގައި ދީނީ ދަރުސް ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެ ދަތުރުފުޅުގަވެސް ވަނީ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވައިފައެވެ. އޭގެ އތުރުން އެފަހަރު މާލެ އާއި ކުޅުދުއްފުށީގެ އިތތުރުން އައްޑޫ ސިޓީގައި ދަރުސް ދެއްވިއެވެ.
އަދި އޭގެ ކުރިން 2016 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާފައިވެއެވެ.



.jpeg?w=3840&q=75)




.jpeg?w=3840&q=75)



