.jpeg?w=3840&q=75)




.jpeg?w=3840&q=75)



"މަޑްގާއޯން އެކްސްޕްރެސް" ގެ ކާމިޔާބީއަށްފަހު، އެ ފިލްމުގެ ދެވަނަ ބައެއް ހަދާކަން ޑައިރެކްޓަރު ކުނާލް ކެމޫ ޔަގީންކޮށްދީފި.
ކުނާލް ކެމޫގެ ކާމިޔާބު ފިލްމު "މަޑްގާއޯން އެކްސްޕްރެސް" ގެ ދެވަނަ ބައެއް ހަދަން ނިންމައިފިކަން އޭނާ ޔަގީންކޮށްދީފިއެވެ.
އިންޑިއާގެ ނޫހަކަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ކުނާލް ބުނީ ފިލްމުގެ ސްކްރިޕްޓް މިހާރު ލިޔެ ނިމިފައިވާ ކަމަށެވެ. ނަމަވެސް ފިލްމުގެ އަމަލީ މަސައްކަތް ފަށާނެ ދުވަހެއް އަދި ފުރަތަމަ ފިލްމުގައި ހިމެނުނު ތަރިން ކަމަށްވާ ދިވްޔެންދޫ، އަވީނާޝް ތިވާރީ އަދި ޕްރަތީކް ގާންދީ މި ފިލްމުން ފެންނާނެކަމެއް އޭނާ އަދި ކަށަވަރެއް ނުކުރެއެވެ.
ކުނާލް އިތުރަށް ބުނީ، ހަމައެކަނި ފިލްމެއްގެ ދެވަނަ ބައެއް ހެދުމުގެ ބޭނުމުގައި ފިލްމެއް ނުހަދާނެ ކަމަށް ޕްރޮޑިއުސަރުން ގާތު ކުރިންވެސް ބުނެފައިވާނެ ކަމަށާއި، ދެވަނަ ބައެއް ހަދާނީ އެ ވާހަކައަކީ ހަގީގަތުގައިވެސް ކިޔައިދޭންޖެހޭ ފަދަ މުހިންމު ވާހަކައަކަށް ވާނަމަ ކަމަށެވެ.
ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ވަރަށް ބޮޑު މިނިވަންކަމެއް ލިބޭ ކަމެއްކަން ފާހަގަކުރަމުން ކުނާލް ބުނީ، އެކްޓަރެއްގެ ގޮތުގައި ހުންނައިރަށްވުރެ ބޮޑަށް، ޑައިރެކްޓަރެއްގެ ގޮތުގައި ސެޓުގައި ހުރިހާ ކަމެއްގައި އަމަލީގޮތުން ބައިވެރިވެ، އޭނާގެ އަމިއްލަ ގޮތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ.
ކުނާލް ޑައިރެކްޓްކުރާ ދެވަނަ ފިލްމު ކަމަށްވާ، ޕްރިތީ ޒިންޓާ ލީޑް ރޯލުން ފެނިގެންދާ އެކްޝަން-ތްރިލަރ ކޮމެޑީ "ވައިބް" މިހާރު ދަނީ ސިނަމާތަކުގައި ދައްކަމުންނެވެ. މީގެ އިތުރުން "ގޯ ގޯއާ ގޯން" ގެ ދެވަނަ ބަޔާ ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ، ފިލްމުގެ ވާހަކަ އޭނާގެ ސިކުނޑީގައި އޮތް ނަމަވެސް، އެ ފިލްމުގެ އިންޓަލެކްޗުއަލް ޕްރޮޕަޓީ (އައިޕީ) ރައިޓްސް އޭނާއަށް ލިބިފައި ނުވާތީ އެ މަސައްކަތް މިވަގުތު ކުރިއަށް ނުދާ ކަމަށެވެ.
.jpeg?w=3840&q=75)



