.jpeg?w=3840&q=75)




.jpeg?w=3840&q=75)



-
ބައިނަލްއަޤްވާމީ "ވިމެން އިން ޕޮލިސިންގ ޑޭ" ފާހަގަކުރުމުގެ ގޮތުން ދުސިތު ޑީޓޫ ފޭދޫ މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ފޯރަމްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ބައިވެރިވެވަޑައިގެން، އަންހެން ފުލުހުންނަށް އަމާޒުކޮށްގެން މޯޓިވޭޝަނަލް ސެޝަނެއް ނަންގަވައިދެއްވައިފިއެވެ.
މި ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވަނީ ފުލުހުންގެ މުއައްސަސާގެ އެކި ދާއިރާތަކުގައި، ޚާއްޞަކޮށް ޚިދުމަތުގެ އެންމެ ކުރީ ސަފުގައި އަންހެން ފުލުހުންގެ ދައުރު އިތުރަށް ފުޅާކުރުމާއި، އެ އޮފިސަރުންގެ ޤާބިލުކަން އިތުރުކޮށް ކުރިއެރުވުމާ ގުޅޭގޮތުން އަގުހުރި މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.
މީގެއިތުރުން، ފުލުހުންގެ ޚިދުމަތުގެ ތަޙުޤީޤީ އަދި އޮޕަރޭޝަނަލް ދާއިރާތަކުން އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ފޯރަމުގައި ވަނީ އަލިއަޅުވާލައްވާފައެވެ.
އަދި އަންހެން އޮފިސަރުންނަށް ހުރި ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ލީޑަރޝިޕް މަޤާމުތަކަށް އަންހެނުން ވާޞިލުވުމަށް ހިތްވަރު ދިނުމުގެ ގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރެވިފައެވެ.
.jpeg?w=3840&q=75)







