








މީގެކުރިން ބޭއްވި މައުރިފާ މައުރަޒުގެ ތެރެއިން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
"މަޢުރިފާ" ފޮތް މައުރަޒު މި އޮންނަ މަހު 1 އިން ފެށިގެން 3 އަކަަށް ބާއްވަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބާއްވާ މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންނަ މަހުގެ 1 އިން 3 ވަނަ ދުވަހާހަމައަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ފެށިގެން 06:00 އަދި ރޭގަނޑު 8:00 އިން ފެށިގެން 10:00 އާ ހަމައަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.
މި މައުރަޒުގެ މަގްސަދަކީ ދީނީ އަދި އިލްމީ ފޮތްތަކަށް އާންމުން އަހުލުވެރިކުރުވުން ކަމަށެވެ. އަދި ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް މި މައުރަޒުގެ މަގްސަދެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު، މި މައުރަޒުގައި ބައިވެރިވެވޭނީ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށައަޅަންޖެހޭ އޮންލައިން ފޯމު ހުށަހަޅައިގެންނެވެ.




