


.jpeg?w=3840&q=75)





ގއ. އަތޮޅުގައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ - އެމްޑަބްލިއުއެސްސީން ހިންގާ މަޝްރޫއުތައް އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
އެކުންފުނިން މިގޮތަށް މަޝްވަރާކޮށްފައިވަނީ ގއ. އަތޮޅު ކައުންސިލާއެކު އެމްޑަބްލިއުއެސްސީގެ އެމްޑީ ހުސައިން ފަހުމީއާ ކުންފުނީގެ މެނޭޖްމަންޓް ޓީމުން މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.
އެ އަތޮޅުގައި މިވަގުތު އެމްޑަބްލިއުއެސްސީން ހިންގަނީ ދެ މަޝްރޫއުއެކެވެ.
އެއީ ގއ. ވިލިނގިލީގެ އަލަށް ހިއްކި ސަރަހައްދުގެ ނަރުދަމާގެ މަޝްރޫއުއާ ގއ. ގެމަނަފުށީގެ ނަރުދަމާ މަޝްރޫއުއެވެ. މި މަޝްރޫއުގެ ދާއިރާގައި ހިމެނެނީ ނަރުދަމާ ޕަމްޕް ސްޓޭޝަންތަކާއި، ކަނޑު އައުޓްފޯލްއެއް ހެދުމާއި، ނަރުދަމާ ނެޓްވޯކް އެޅުމުގެ މަސައްކަތްތަކެވެ.
ގެމަނަފުށީގެ ނަރުދަމާ މަޝްރޫއުގެ ދަށުން ސައިޓްގެ މަސައްކަތްތަކާއި ސީދާ ރަށަށް ޑެލިވަރީކުރާ އެކްސްކަވޭޓަރާއި ހޮޅި ނެޓްވޯކް މެޓީރިއަލްސް ހިމެނޭ ގޮތަށް ބޮޑެތި މެޝިނަރީތައް ގެންދިއުމުގެ މަސައްކަތް ހިމެނެއެވެ.



.jpeg?w=3840&q=75)
