
.jpeg?w=3840&q=75)




.jpeg?w=3840&q=75)


އަބޫދާބީގެ "އީގަލް ހިލްސް" ކުންފުނިން ރާއްޖޭގައި އިންވެސްޓްކުރަނީ ޤާނޫނުތަކާއެއްގޮތަށް ކަމަށް ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހއން ވިދާޅުވީ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ދަށުން އިންވެސްޓަރުންނަށް އެ ސަރަހައްދު ވިއްކާލަން ސަރުކާރުން ނިންމަވާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ރަސްމާލޭގައި މި މަޝްރޫއު ހިންގުމަށް "އީގަލް ހިލްސް" އިން ވަނީ 20 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ދިވެހި ސަރުކާރާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންވެސްޓްމަންޓުގެ ބަދަލުގައި ރަސްމާލޭގެ ބައެއް އެ ކުންފުންޏަށް ވިއްކާލަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ތުހުމަތު ކުރަމުންނެވެ.
މިވާހަކަތަކާ ގުޅިގެން މިނިސްޓަރ ޙަސަން ޒަރީރު ވިދާޅުވީ އީގަލް ހިލްސްއިން ރާއްޖެއަށް އިންވެސްޓް ކުރަނީ ރާއްޖޭގައި މިހާރުވެސް އިންވެސްޓްކޮށްގެން ހިންގާ މަޝްރޫއުތަކުގައި އިންވެސްޓްކުރެވޭ ގޮތަށް ކަމަށެވެ. އެގޮތުން، ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް މިހާރުވެސް ޤާނޫނުން 99 އަހަރުގެ ލީޒް މުއްދަތަކަށް ކުންފުނިތަކަށް ރަށްތަށް ދޭ ކަމަށާއި ރަސްމާލޭގައި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީވެސް އެ އުސޫލާއެއް ގޮތަށް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތަންތަން ދޫކުރާނީ ލީޒް އުސޫލުން ކަމަށާއި އެފަދަ ޕްރޮޕަޓީތައް ތަރައްގީކުރާ އުސޫލުން ހަރުމުދަލުގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ސަރުކާރުގައި ކަމަށް ވެސް ވިދާޅުވިއެވެ.

.jpeg?w=3840&q=75)






