
.jpeg?w=3840&q=75)




.jpeg?w=3840&q=75)

.jpeg?w=1920&q=75)
އެންތޮލޮޖީ ސްޓޫޑިއޯއިން "ކިލިންގ އީވް" ގެ ކޮރެއާ ވަރޝަން ގެނެސްދެނީ
މަޝްހޫރު ބްރިޓިޝް ސްޕައި ޑްރާމާ "ކިލިންގ އީވް" ގެ ކޮރެއަން ރީމޭކެއް ހަދަން ނިންމައިފިއެވެ.
މި ކާމިޔާބު ސީރީޒްގެ ކޮރެއާ އެޑަޕްޓޭޝަން ހެދުމުގެ ރައިޓްސް ހޯދާފައިވަނީ ކޮރެއާގެ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ 'އެންތޮލޮޖީ ސްޓޫޑިއޯ' އިންނެވެ.
މިއީ 2023 ވަނަ އަހަރު ނުކުތް ފިލްމު "ކޮބްވެބް" އަދި ހޮލީވުޑްގެ ކާމިޔާބު ފިލްމު "ދަ އިންޓަރން" ގެ ކޮރެއާ ރީމޭކް ވެސް ޕްރޮޑިއުސްކުރި ކުންފުންޏެވެ.
އަސްލު ސީރީޒްގައި ޔޫރަޕްގެ މަންޒަރުތައް ފެނިގެންދިޔަ ނަމަވެސް، ކޮރެއާގެ ރީމޭކްގައި މުޅި ވާހަކަ ބިނާކޮށްފައި އޮންނާނީ އޭޝިއާގެ މާހައުލަކަށެވެ. މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން އެންތޮލޮޖީ ސްޓޫޑިއޯގެ އަމިއްލަ އިންޓަލެކްޗުއަލް ޕްރޮޕަޓީއެއް ކަމަށްވާ "ހިއުމަން މާޓް" ގެ ރައިޓްސް ވަނީ 'ކިލިންގ އީވް' ގެ އަސްލު އުފެއްދުންތެރިންނަށް ދީފައެވެ.
މި ސީރީޒްގައި ހަރަކާތްތެރިވާނެ ތަރިންނާއި، ޕްރޮޑަކްޝަން ފަށާނެ ތާރީޚެއް އަދި ރިލީޒްކުރާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
2018 ވަނަ އަހަރު ބީބީސީ އިން ނެރުނު މި ސީރީޒްއަށް ވަނީ ގޯލްޑަން ގްލޯބް އަދި އެމީ އެވޯޑް ފަދަ ޝަރަފުވެރި ގިނަ އެވޯޑުތަކެއް ލިބިފައެވެ.

.jpeg?w=3840&q=75)



.jpeg?w=3840&q=75)

.jpeg?w=3840&q=75)
