
ސްމާޓް ޓީވީއެއްގެ ހޯމް ސްކްރީން. ގިނަ ސްމާޓް ޓީވީތަކުގައި އިންޓަރނަލް ސްޓޯރޭޖް ހުންނަނީ ނިސްބަތުން ވަރަށް ކުޑަކޮށްކަމަށް އެންގޭޖެޓް އިން ވަނީ ފާހަގަކޮށްފައި
އަހަރެމެން ގެންގުޅޭ ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކާ ޚިލާފަށް، އާންމު ގިނަ ސްމާޓް ޓީވީތަކުގައި އެތެރޭގެ ސްޓޯރޭޖް ހުންނަނީ ނިސްބަތުން ވަރަށް މަދުންނެވެ.
އާންމުގޮތެއްގައި ގިނަ ޓީވީތަކުގައި ހުންނަނީ 8 ޖީބީ އާއި 16 ޖީބީއާ ދެމެދުގެ ސްޓޯރޭޖްއެކެވެ. މީގެ ތެރެއިންވެސް ބޮޑު ބައެއް ޓީވީގެ އޮޕަރޭޓިންގ ސިސްޓަމް އަދި ކުރިން އަޅާފައި ހުންނަ އެޕްލިކޭޝަންތަކަށް ކެނޑުމުން، ބޭނުންކުރަން ލިބޭ ޖާގަ ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.
އެހެންކަމުން ގިނަ އަދަދެއްގެ ސްޓްރީމިންގ އެޕްތަކާއި (މިސާލަކަށް ނެޓްފްލިކްސް، އެމެޒޯން ޕްރައިމް ފަދަ އެޕްތައް) ގޭމްތައް ޓީވީއަށް އަޅާނަމަ، ވަރަށް އަވަހަށް ސްޓޯރޭޖް ފުރިދާނެއެވެ. ޓީވީގެ ޖާގަ ފުރިއްޖެނަމަ ޓީވީ ލަސްވުމާއި އެޕްތައް ހުޅުވަން އުނދަގޫވުން ފަދަ މައްސަލަތައް ދިމާވެއެވެ.
އެހެންކަމުން ގިނަ އެޕްތައް ބޭނުންކުރާ ފަރާތްތަކުން ޓީވީ ގަންނައިރު ސްޓޯރޭޖަށް ސަމާލުކަން ދިނުމަށާއި، ޖާގަ މަދުނަމަ އެކްސްޓަރނަލް ސްޓްރީމިންގ ޑިވައިސްތައް ބޭނުންކުރުން ބުއްދިވެރިވާނެއެވެ،












