
CAD9387C-CEF0-4AA5-90BB-3B57D6F1E4CE
ކުޅުދުއްފުށީ ސިޓީގައި ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި، ހަނދާނީ ބިނާއެއް ބަހައްޓަން ނިންމައިފި އެވެ.
ކޯޕްރަލް ހުސައިން އާދަމް ޝަހީދު ވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ރާއްޖެއަށް ތަމަޅަ ޓައިގަރުން ދިން އުދުވާނީ ހަމަލާތަކުން ގައުމު ދިފާއު ކުރުމަށް ހަމަލާ ބަދަލު ކުރަމުން ދަނިކޮށެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ އެ ސިޓީގައި ބަހައްޓާ ޝަހީދު ހުސައިން އާދަމްގެ ހަދާނީ ބިނާ ފަރުމާ ކުރުމުގެެ ފުރުސަތު އާންމުކޮށް ހުޅުވާލައިފައިވާ ކަމަށެވެ.
އަދި ބިނާ ހުންނަންވާނީ ހުސައިން އާދަމްގެ ޖިހާދު ރަމްޒުކޮށްދޭ ފަރުމާއަކަށެވެ. ފަރުމާކޮށްފައި ހުންނަންވާނީ ބާޒާރުން ފަސޭހައިންލިބޭ ދިގު މުއްދަތައް ދެމިހުންނަ މެޓީރިއަލްއަކުން ހެދޭ ގޮތަށް ކަމަށް އިއުލާނުގައި ވެއެވެ.
ފަރުމާ ވާންވާނީ ބަލާލަން ރީތި، އިސްލާމްދީނާއި އާންމު އިޖްތިމާއީ މިންގަނޑުތަކަށް ފެތޭ ފަރުމާއަކަށް ކަމަށް ވެސް އިއުލާނުގައި ވެއެވެ.
ފަރުމާ ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 14:00 އެވެ. ބިނާ ފަރުމާ ކުރުމަށްފަހު، ކުޅުދުއްފުށީ ކައުންސިލްގެ އީމެއިލް އެޑްރެހަށް [email protected] ސޮފްޓްކޮޕީތައް މެއިލް ކޮއްދެއްވުމަށް ކައުންސިލުން އެދެއެވެ.
މި ބިނާ ބެހެއްޓުމަށް ހަމަޖެހިފައިވަނީ ރަށުގެ އާންމު ސަރަހައްދެއްގައި ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވެެއެވެ. ސިޓީ ކައުންސިލުން ބުނީ އެންމެ ރަނގަޅު ފަރުމާއެއް ހުށަހަޅާ ފަރާތަކަށް 5000 ރުފިޔާ އިނާމުގެ ގޮތުގައި ލިބިގެންދާނެ ކަމަށެވެ.

.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)



