
އުތީމު ގަނޑުވަރު- ފޮޓޯ: ވިޒިޓް މޯލްޑިވްސް
އާބާތުރަފިލުވުމުގެ މަސައްކަތް ނިންމާ އުތީމު ގަނޑުވަރު އާންމުންނަށް މިއަދު ހުޅުވާލައިފި އެވެ.
ސަޤާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނީ ގަނޑުވަރު ހުޅުވާފައި ހުންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކަމަށެވެ.
އެ ދުވަސްތަކުގައި ހެނދުނު 08:00 އިން މެންދުރުފަހު 14:00 އާ ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށްވެސް ސަޤާފީ ތަރިކާ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުންޏެވެ. އަދި ގަނޑުވަރަށް ޒިޔާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ވިއްކާނީ ހެނދުނު 08:15 އިން މެންދުރުފަހު 13:30 އަށެވެ.
މިތަން އާބާތުރަފިލުވުމަށްފަހު އާންމުންނަށް ހުޅުވާލާފައިވާއިރު، ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން އުތީމުގައި ވަނީ އެހެނިހެން އަސާރީ ތަންތަން މައުލޫމާތުތައް ހިމެނޭހެން ހުޅުވާލާފަ އެވެ.
އުތީމު ގަނޑުވަރަކީ ޤައުމީ ދުވަހުގެ ބަތަލު އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ރަސްމީ ނަންފުޅު ލިބިވަޑައިގެންނެވި މުހައްމަދު ތަކުރުފާނަށް ނިސްބަތްވާ ތާރީޚީ ބިނާއަކަށްވާއިރު، މިއީ މަރިޔާދުގޭ ދެކުނު ފަރާތުގެ ނުހުޅުވޭ ދޮރުކޮޅާއި، ފެންމީރު ލެއްގި ވަޅުކޮޅު އަދި އެކޮޅުކޮޅުން މަންޒަރުތައް ކުލަކޮށް ފެންނަ ފޮތިގަނޑުފަދަ އެތަކެއް އަޖައިބުތަކެއް އެކުލެވިގެންވާ ބިނާއެކެވެ. އެއާއިއެކު މި ގަނޑުވަރު ވެފައިވަނީ ދިވެހިންނާއި، ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު ތަނަކަށެވެ.



.jpg?w=3840&q=75)




.jpg?w=3840&q=75)



