.jpg?w=2048&q=75)
ކަސްޓަމްސް އިދާރާ
މޯލްޑިވްސް ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރުމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައިވާކަމަށް ޝައްކުކުރެވިގެން އިތުރަށް ޗެކްކުރުމުގެ ތެރެއިންނެވެ.
ކަސްޓަމްސްއިން ބުނީ ޝައްކުކުރެވިގެން ބަލައި ފާސްކުރިއިރު ޕެކޭޖް ތެރެއިން ކެނެބިސް ފެނިފައިވާ ކަމަށެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3207 ގްރާމް ހުރިކަމަށްވެސް ކަސްޓަމްސްއިން ވަނީ ހާމަކޮށްފަ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ބޯޑަރުތަކުގައި ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ފާސްކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)



