.jpeg?w=3840&q=75)
ކުރަމަތި އައިލެންޑް ރިސޯޓު މުވައްޒަފުންނަށް ކުރިއަށްގެންދިޔަ މެރިން އެވެއާނެސް ސެޝަނެއް
ކުރަމަތި އައިލެންޑް ރިސޯޓު މުވައްޒަފުންނަށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް މެރިން އެވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި ސެޝަން ކުރިއަށްގެންދިޔައީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އަދި މި ސެޝަނަކީ އއ. އަތޮޅު ޕޮލިހާއި، މެރިން ޕޮލިހާއި، ކުރަމަތި އައިލެންޑް ރިސޯޓު ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ.
މި ސެޝަންގައި ރިސޯޓުގެ 25 މުވައްޒަފުން ބައިވެރިވެފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ މި ސެޝަނުގައި، ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން، ކަނޑުމަތީގައި އުޅަނދަށް ދިމާވާ ކުއްލި ހާލަތްތަކާއި މީހަކަށް ދިމާވާ ކުއްލި ހާލަތެއްގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަން ފުލުހުން ފާހަގަކުރި އެވެ. އަދި ދަތުރުކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި ކަނޑުމަތީގައި ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުންކަނޑުމަތީގެ ހާދިސާއަކަށް މަގުފަހިވެދާނެ ކަންކަން ދެނެގަތުމުގެ މުހިންމުކަމާއި ދަތުރަަކަށް ތައްޔާރުވާއިރު ކަނޑުދަތުރު ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިހުން ގެންދަނީ ކަނޑު އުޅަނދުތައް ބަލައި ފާސްކޮށް އުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ބަލައި ހޭލުންތެރިކުރުވުމުގެ ތަފާތު ސެޝަންތައް ހިންގަމުންނެވެ.

.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)



