








Fem01XnaAAExYH0
މޯލްޑިވްސް އިމިގްރޭޝަންސް ސަދަން ރީޖަންގެ އައު އޮފީސް ހުޅުވައިފި އެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު އައްޑޫ ސިޓީ މަރަދޫގައި އޮތް ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު އެވެ.
މޯލްޑިވްސް އިމިގްރޭޝަންސް ސަދަން ރީޖަންގެ އައު އޮފީސް ހުޅުވިފައިވަނީ އައްޑޫސިޓީ މަރަދޫ، ރައްވެހިގޭގައެވެ.
އިމިގްރޭޝަންގެ ސަދަން ރީޖަނަލް އޮފީސް ކުރިން ހިންގަމުން އައީ ހިތަދޫ އަވަށު އޮފީހުގަ އެވެ.




